|
އަދަބީ -
ލަވަ
|
|
- އޭ.އާރް. ޙުސައިން - ރާގު: އަބް ތުމާރޭ ޙަވާލޭ ވަޠަން ސާތިޔޯނ.... ކޮށްލަމޭ ޖާންފިދާ ބިންމަތީ ލޯބިވާ އެކުވެރީނޭ ޙަވާލޭ ވަޠަން ލޯބިވާ ***** |
|
އިތުރަށް...
|
|
|
މަހަލް -
ބަހުގެ ގަވައިދު
|
|
މުޙައްމަދު ޝާހިދު ޙަލީމު ދެންނެވުމާއި ވިދާޅުވުމަކީ އެންމެ މާތް ބަހުން ވާހަކަދެއްކުމުގައި ބޭނުންކުރާ ދެ ލަފުޒެވެ. އެންމެ މާތް ބަހުން ވާހަކަދެއްކުމުގައި މި ދެ ލަފުޒާއި، މި ދެ ލަފުޒުން އުފެދޭ އެހެން ލަފުޒުތައް ބޭނުންކުރަނީ އާދައިގެ ބަހުން ވާހަކަދެއްކުމުގައި ބުނުމާއި، ކިއުމާއި، ގޮވުމާއި، މި ތިން ލަފުޒުން އުފެދޭ ލަފުޒުތައް ބޭނުންކުރާ ތަންތާނގައެވެ. އަދި މާތް ބަހުން ވާހަކަދެއްކުމުގައި ބުނުއްވުމާއި، ކިއުއްވުމާއި، ގޮވައިލެއްވުމާއި، ނަންގަތުމާއި، މި ހަތަރު ލަފުޒުން އުފެދޭ ލަފުޒުތައް ބޭނުންކުރާ ތަންތާނގައެވެ. |
|
އިތުރަށް...
|
|
ބަސް -
ދިވެހި
|
|
- މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ (މަލިކު ކަތީބު) - ދިވެހި ބަހަކީ މަލިކުންނާއި، މަލިކުގެ ދެކުނަށް އޮތް މަހަލްދީބުގެ އަހުލުންގެ މާދަރީ ބަހެވެ. މަލިކުގައި ވާހަކަ ދައްކާ ބަހުރުވައަށް މަލިކު ބަސް، ހައްދުންމަތީގައި ވާހަކަ ދައްކާ ބަހުރުވައަށް ހައްދުންމަތީ ބަސް، މިހެން ކިޔެއް ކަމަކު މިއީ ވަކި ބަސްބަހެއް ނޫނެވެ. އެއް ބަހަކަށް ނިސްބަތްވާ ބަހުރުވާތަކެވެ. |
|
އިތުރަށް...
|
|
އަދަބީ -
ލަވަ
|
|
- އޭ.އާރް. ޙުސައިން -
ރާގު: ކަރްޗަލޭ ހަމް ފިދާ ..... ފުރުޞަތެއް ދޫނުކޮށް ޚިދުމަތެއްގައި ވަމާ ހަރުދަނާ މަލިކު ލޭ ހުރި ދަރީންނަށް ވަމާ ***** |
|
އިތުރަށް...
|
|
އަދަބީ -
ފިކުރު
|
|
މުޙައްމަދު އިސްމާޢީލް - މަލިކު މަލިކަކީ ހިންދުސްތާނުގެ ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕްގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ ދެކުނަށް އޮތް ރަށެވެ. ލަކްޝަދީބުގެ އެހެން ރަށްރަށާ ޚިލާފަށް މަލިކުގައި މޮށި އުޅެނީ މަލިކުންގެ ބަސް ކަމުގައިވާ ދިވެހި ބަހުންނެވެ. މި ބަހަށް އިނގިރޭސިން ކިޔަނީ "މަހަލް" ބަހެވެ. |
|
އިތުރަށް...
|
|
އަދަބީ -
ޝަޚުޞިއްޔަތު
|
|
ތަރުޖަމާ: ޢަބްދުﷲ ފާރޫޤު ޙަސަން / ޏ. ފުވައްމުލައް އައްސައްޔިދާ ޞުޢްބާ ބިންތި އަލްޙަޟްރަމީ އަކީ އުޙުދު ހަނގުރާމައިގެ ބަޠަލް ޠަލްޙާ ބިން ޢުބައިދި ﷲ ގެ މައިކަނބަލުންނެވެ. އެކަމަނާގެ ބައްޕާފުޅަކީ ޢަބްދުﷲ އަލްޙަޟްރަމީ ބިން ޟިމާދު ބިން ސަލްމާ ބިން އަކްބަރު އެވެ. އޭނާއަކީ ނަސްލީ ގޮތުން ޙަޟްރަމީއެކެވެ. އޭނާގެ ވަޒަނަކީ ޔަމަން އެވެ. މައްކާގައި ވަޒަންވެރިވީ ޙަރްބު ބިން އުމައްޔަތުގެ ޙަލީފެއްގެ ހައިސިއްޔަތުންނެވެ. |
|
އިތުރަށް...
|
|
އަދަބީ -
ކުރު ވާހަކަ
|
|
ޅޮހީ ޢަބްދުއްރަޙީމް / ދިވެހިރާއްޖެ ފެންކަޅިވެފައިވާ ޒުވާނާ އެދުގައި އޮށޯވެގެން އޮތްއިރު، އެނބުރެމުންދާ ފަންކާއަށް ބަލަހައްޓައިގެން އޮތެވެ. ޒުވާނާގެ ހިޔާލުތައް އެވަނީ އެނބުރެމުންދާ ފަންކާގެ ފިޔަތަށްފަދައިން އެނބުރެން ފަށާފައެވެ. ބުރަކަށްފަހު ބުރެކެވެ. ހިނދު ހިނދު، ކޮޅުން ގިސްލުމުގެ އަޑުވެސް ގުގުމާލާއެވެ. މިއަދު އެޒުވާނާ އެވަނީ އެކަނިވެރިއަކަށް ވެފައެވެ. ޒަމާނުގެ އުފާތަކުން ލިބިގަންނަމުން އައި ލައްޒަތްތަކުން މަޙުރޫމުވެ އެއޮތީ ބަލިއެނދެއްގައެވެ. |
|
އިތުރަށް...
|
|
އަދަބީ -
ކުރު ވާހަކަ
|
|
ދިރިއުޅުމާ މެދު ވިސްނަން މަޖުބޫރު ކުރުވީ އޭނާގެ ދަރިފުޅެވެ. ޢައްބާސް އިބްރާހީމް
ދިރިއުޅުމުގައި ދިމާވާ ބައެއް ކަންތައްތަކަކީ އެއީ ދާދި ކުދިކުދި ކަންތައް ކަމުގައި ވިޔަސް އޭގެ އަސަރު މުޅި ދިރިއުޅުމަށް ފޯރާ ފަދަ ކަންތައް ތަކެވެ. އަޅުގަނޑުގެ މި ވާހަކަ އަކީ އަޅުގަނޑުގެ ރައްޓެއްސަކަށް ދިމާވި އެ ފަދަ ކަމެއްގެ ވާހަކައެވެ. މި ވާހަކައިގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ވިސްނާލަން ރަނގަޅު ޢިބްރަތެއް ވާކަމަށް ޤަބޫލު ކުރެވޭތީ ދަންނަވާލަނީއެވެ.
އަޅުގަނޑަކީ އޮފީހުގައި ވަރަށް ގިނަ އިރު މަސައްކަތް ކުރާ މީހެކެވެ. ގިނަ ދުވަސްދުވަހު އޮފީހުގެ މަސައްކަތް ނިންމާފައި ގެޔަށް އާދެވެނީ ރޭގަނޑުގެ އިރާކޮޅު ނިމޭ ހިސާބުންނެވެ. ގެޔަށް އާދެވޭއިރު އަބަދުވެސް ހުންނަނީ ވަރުބަލިވެ ކަންބޮޑުވެފައެވެ. |
|
އިތުރަށް...
|
|
އަދަބީ -
މަޒުމޫނު
|
|
މައުމޫން ޢަބްދުލްޤައްޔޫމް "ގެއަކީ 3 ބެޑްރޫމް ގެއެކެވެ. ކޮންމެ ބެޑްރޫމް އަކާއެކު އެޓެޗްޑް ބާތރޫމް އެއްހުރެއެވެ. ބެޑްރޫމްތައް ހުންނަނީ އަޕަރފްލޯރ ގައެވެ. ގްރައުންޑް ފްލޯރ ގައި ސިޓިންގރޫމްއަކާއި، ކުޑަވަރެއްގެ ކިޗްން އަކާއި، ސްޓޯރރޫމެއް ހުރެއެވެ. ގެވަނީ ރަނގަޅަށް ފަރނިޝްކުރެވިފައެވެ. އެއަރކަންޑިޝަން ނެތްނަމަވެސް، ބެޑްރޫމް ތަކުގަޔާއި ސިޓިންގ ރޫމްގައި ސީލިންގ ފޭން ހުންނާނެއެވެ. ބޭނުންވެއްޖެނަމަ، އިތުރު ސްޓޭންޑިންގ ފޭންވެސް އިންސްޓޯލް ކުރެވިދާނެއެވެ. ވީމާ، ގެސްޓްއިން އަންކަންފަޓަބަލް ވާކަށް ނުޖެހޭނެއެވެ. ގޭގެ އެންޓަރެންސްގައި ކުޑަވަރެއްގެ ގާޑްން އެއްވެސް އޮވެއެވެ." |
|
އިތުރަށް...
|
|
އަދަބީ -
ބަނދި، ކާ، އަންބާ
|
|
"ދިވެހީން އިސްލާމްދީން ޤަބޫލްކުރުމުގެ ކުރީން ޅެންހަދައި އުޅުނުކަމެއް، ނޫންކަމެއް އެނގޭކަށް، އެއްވެސް ގޮތަކުން ނުފެނުނެވެ. އަދި ފަހުން ފެނިދާނެޔެކޭވެސް ހީއެއްނުވެއެވެ. ދެން މިއިން އެއްވެސް ކަމެއް އެނގޭނެ މަގެއް ނެތްކަމަށްވިޔަސް އެނގޭކަމަކީ ދިވެހީން، ދިވެހިބަހުން ހަތަރު ވައްތަރެއްގެ ޅެން ހަދާފައިހުރިކަމެވެ! އެއީ، ބަނދި، ކާ، ފަރިހި، ރައިވަރު މިހަތަރު ވައްތަރެވެ. ދެން އަދި އަޅުގަނޑުމެންގެ ހަނދާނުގައި ހަދާންފެށުނު ޅެމެވެ، ކިޔާ ވައްތަރު މީގެތެރެއަށް ލީމާ ފަސްވައްތަރު ހަމަވީއެވެ. |
|
އިތުރަށް...
|
|
މަހަލް -
ބަހުގެ ގަވައިދު
|
|
ބާބު 1 ދިވެހި ބަހުގެ ބައިތައް ދިވެހި ބަސް އެކުލެވިގެންވަނީ 8 ބައެއްގެ މައްޗަށެވެ. ބަސްތައް ބައިބަޔަށް ބެހެނީ ޖުމްލައިގައި އެ ލަފުޒެއް ކޮށްދޭ މަސައްކަތަކާ ގުޅޭ ގޮތުންނެވެ. އެ ބައިތަކަކީ: |
|
އިތުރަށް...
|
|
|
|
|
|
|
Page 1 of 7 |
ސައިޓު ބެއްލެވުމަށް
މިވަގުތު 5 މެހުމާނުން އޮންލައިން
ސައިޓު ބެއްލެވި ޢަދަދު
މިހާތަނަށް : 66861